ސިޔާސީ

ބްރިޓިޝް ސަފީރު އެމްއެންޑީއެފާ ބައްދަލުކޮށްފި


ބްރިޓިޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސް، ދިވެހިރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ބްރިޓިޝް ސަފީރު ޖޭމްސް އެމްއެންޑީފްގެ ސަދަން އޭރިއާގެ އޮފިސަރުންނާއި ބައްދަލުކުރައްވާފައި ވަނީ އައްޑޫ ސިޓީގައެވެ. އެ ބައްދަލުކުރެއްވުމުގައި ޖޭމްސް ވަނީ ސަދަން އޭރިއާ ބައްލަވާލައްވާފައެވެ.

އެމްއެންޑީފްގެ ސަދަން އޭރިއާގެ އޮފިސަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމަށްފަހު ޖޭމްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ބަލަހަށްޓަން ޖެހުމުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.

މީގެ އިތުރުން ބްރިޓިޝް ސަފީރު ޖޭމްސް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އޮފިސަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ދެކުނު ސަރަހައްދުގެ ސަލަމަތީ ކަންކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުންނާއި އެކަންކަން ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.