ކުޅިވަރު

2400 ފެތުންތެރިންނާއެކު "ރައިވެރިބޭގެ ޖިހާދު"ގެ ފެތުން ބާއްވައިފި


މިނިވަން ފަންސާސް
ފާހަގަ ކުރުމަށް ރައިވެރިބޭ ޖިހާދުގެ ނަމުގަ ބޭއްވި ފެތުން 2400 ފެތުންތެރިންނާއެކު
ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.



މިނިވަން ފަންސާސް
ފާހަގަ ކުރުމުގެ ތެރޭގައި ހިމެނޭ ރާވެރިބޭ ޖިހާދުގެ ފެތުން މިއަދު ފަށާފައިވަނީ
ތިންގަޑި ދިހައެއްގައި ވިލިނގިލިންނެވެ. ފުރަތަމަ ފަތަން ފަށާފައިވަނީ އިވެންޓްގައި
ބައިވެރިވާ ކުޑަކުދިންނެވެ. ރައިވެރިބޭ ޖިހާދަކީ ޕޯޗްގީޒުންނާ ދެކޮޅަށް
އަލިރަސްގެފާނު ކުރެއްވި ޖިހާދުގައި ބައިވެރިވުމަށް ވިލިނގިލީ ރާވެރިބޭ ފަތާފައި
މާލެއައި އައުމެވެ. ރައިވެރިބޭ ޖިހާދުން ހިތްވަރު ހޯދުމަށްވިލިނގިލިން މާލެއަށް
ފަތާފައި މިއަދު ކުރިއަށްގެންދިޔަ  މިހަރަކާތުގައި ދެހާސް ހަތަރުސަތޭކައެއްހާ
މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ދެޖިންސުގެ ޒުވާނުން
އަދި ދޮށީ އުމުރުގެ ބޭފުޅުން ބައިވެރިވިއެވެ. މީގެ އިތުރުން ނައިބުރައިސް ޑރ
ޖަމީލް، ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި ޔޫތް މިނިސްޓަރ މަލީހު ޖަމާލްވެސްވަނީ
މިފެތުމުގެ ބައިވެރިވެފައެވެ. މިއަދުގެ އިވެންޓަށްފަހު ނައިބްރައީސް ޑރ ޖަމީލް
ވިދާޅުވީ ދިވެހިންގެ ހުރި ޖޯޝާ ފޯރި މިއަދު ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި
ރައިވެރިބޭ ޖިހާދުން ދައްކުވައިދެނީ ކޮންމެ މީހަކީ ޤައުމަށްޓަކައި ޤުރުބާންވުމަށް
ތައްޔާރަށް ހުރި މީހެއްކަން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.



ހަވިރު ފަސްގަޑި ސާޅިސް
ފަހެއްގައި ނިންމާލި މިހަރަކާތް ބެލުމަށް އާންމުންގެ ވަރަށް ގިނަ ބަޔަކު
ޖަމާވިކަން ފާހަގަކޮށްލެވެއެވެ. ރައިވެރިބޭ ޖިހާދު ފެތުމުގައި ބައިވެރިވުމަށްފަހު
ޔޫތް މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވީ މިއަދު ފެނުނު މަންޒަރުން މިދައްކުވައިދެނީ
ދިވެހިން ކުރިމަތިލާ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމަކޮށް ނިންމާލާނެ ކަން
ކަމުގައެވެ.



މިއަދުގެ ހަރަކާތް
ކުރިއަށް ގެންދިޔަ ވަގުތު ދިވެހި ސިފައިންނާ ފުލުހުން އަދި ދިވެހިރެޑްކްރެސެންޓުން
ކަނޑުމަތީގަޔާ މާލެ އަދި ވިލިނގިލީގައި އައީ އަވަސް ފަރުވާ ދިނުމުގައި
ހަރަކާތްތެރިވަމުން. މިނިވަން ފަންސާސް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތައް
އަދިވެސް ކުރިއަށްގެންދާނެކަމަށް ހޯމް މިނިސްޓްރީއިން މަޢުލޫމާތުދޭ.