ޚަބަރު

އީސީ އިން އެމްޑީޕީ އާއި އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފި


އިލެކްޝަންސް ކޮމިޝަނުން  އެމްޑީޕީއާ
އާދަލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ.



އިލެކްޝަންސް
ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކުގެ ޤަވާއިދާއި ހިލާފްވުމުގެ ސަބަބުން އެމްޑީޕީ
ސާޅީސް ހާސް ރުފިޔާއިން، އަދި އަދާލަތު ޕާޓީ ތެއްތިރީސް ހާސް ރުފިޔާއިން
ޖޫރިމަނާކޮށްފައިވާކަމަށެވެ. އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކުރީ، މިހާރު
ކުރިއަށްގެންދާ މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލާދިނުމާއި، އާއްމުންގެ
މުދަލަށް ގެއްލުންދިނުން ފަދަ އަމަލުތައް ތަކުރާރުވަމުންދާތީކަމަށެއެވެ. މީގެ
އިތުރުން މުޒާހަރާތަކުގައި އަނިޔާވެރި އަމަލުތަކަށް ގޮވާލުން ފަދަ އަމަލުތަކާއި،
ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ އެންގުންތަކަށްވެސް މި ދެ ޕާޓީން
ތަބާނުވާކަން މިބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި
ކުރިއަށް އޮތްތަނުގައި މިފަދަ އަމަލުތައް ތަކުރާރު ކުރާނަމަ ޕާޓީތަކާއި މެދު
އަދިވެސް އިތުރު ފިޔަވަޅު އަޅާނެކަމަށްވެސް މިބަޔާނުގައިވެއެވެ.