ޚަބަރު

'މޫދު ކުޅިވަރު ކޮންވެންޝަން ފަށައިފި


މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބާއްވާ އެންމެ ބޮޑު ޙަރަކާތް ''މޫދު ކުޅިވަރު ކޮންވެންޝަން'' ފަށައިފިއެވެ.

''ދިޔަރެސް މޫދު ކުޅިވަރު ކޮންވެންޝަން''ގެ ނަމުގައި މިޙަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.
މިކޮންވެންޝަންގައި މޫދު ކުޅިވަރު ކުރިއެރުވުމުގައި ހުރި ފުރުޞަތުތަކާއި، މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަރުދާސް ހުށަހެޅުމަށްވަނީ ހަމަޖެހިފަެވެ.

މިއީ މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިފަދަ ކޮންވެންޝަނެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މިއަދު ހެނދުނު ކުރިއަށްދިޔައީ ޕެނަލް ޕްރެޒެންޓޭޝަންސްއެވެ.
އެކި އެކި މޫދު ކުޅިވަރުތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ގްރޫޕް މަޝްވަރާތަކެއްވެސް މި ކޮންވެންޝަންގެ ތެރެއިން ކުރިއަށްދާނެއެވެ. މިގޮތުން މާކެޓިންގ، މީޑިޔާ، ޑިވެލޮޕްމަންޓް އަދި މި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ އެކި ކަންކަމާއިމެދު މި ކޮންވެންޝަންގައި މަޝްވަރާކުރެވޭނެއެވެ.