ޚަބަރު

ފުވައްމުލަކު ކުނިކޮށީގައި ރޯވެ އަނދަނީ


ފުވައްމުލަކު ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:48 ގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭންގޭކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.