ޚަބަރު

ސޮނޭވާފުށީގައި ކުނި މެނޭޖްކުރާ އީކޯ ސެންޓަރުގައި ރޯވެ އަނދަނީ


ސޮނޭވާފުށި ރިސޯޓުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރާ އީކޯ ސެންޓްރޯގައި އަލިފާން ރޯވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުވެއެވެ.

ސޮނޭވާފުށި ރިސޯޓުގައި ހުންނަ އީކޯ ސެންޓަރުގައި އަލިފާން ރޯވީ މިއަދު މެންދުރު 12:30 އެހާކަށްހާއިރު އެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ސޮނޭވާފުއްޓާ ޖެހިގެން އޮންނަ ރޯޔަލް އައިލެންޑުގެ އަލިފާން ނިއްވާ ޓީމާއި ދުސިތުތާނީ އައިލެންޑުގެ ސްޓާފުންނާއި ފުލުހުން ޙަރަކާތްތެރިވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ސޮނޭވާފުށީގެ އިކޯ ސެންޓަރުގައި އަލިފާން ރޯވީ އެތަނުގައި ހުރި ލަކުޑިތަކެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ.