ޚަބަރު

މާލޭގެ ގެއެއްގެ 6 ވަނަ ބުރިން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެ


މާލޭގެ ގެއެއްގެ 6 ވަނަ ބުރިން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:05 ހާއިރުކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 97 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އަދި އެމީހާ އައި.ޖީ.އެމް.އެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން މަޢުލޫމާތުދެއެވެ.