ޚަބަރު

އެފްއޭއެމް ހަވާލުކުރަން ވިކްޓަރީން ހުށަހަޅާ ނަންތައް އެކުލަބުން އާއްމުކޮށްފި


އެފްއޭއެމުގެ ވެރިންގެ އިތުބާރުނެތްކަމަށް ފާސްކުރުމަށްފަހު އާ އިންތިހާބެއް ބާއްވަން އެފްއޭއެމް ހަވާލުކުރަން ވިކްޓަރީން ހުށަހަޅާ ނަންތައް އެކުލަބުން އާއްމުކޮށްފިއެވެ. ކުލަބުގެ ޗެއާމަން އިބްރާހީމް ނާޝިދު ވިދާޅުވީ އާ އިންތިހާބެއް ބާއްވަން އެފްއޭއެމް ނޯމްލައިޒްކޮށް، ހިންގުން ހަވާލުކުރަން ބޭނުންވަނީ ތަޖުރިބާކާރު ދެ މެޗު ކޮމިޝަނަރުން ކަމަށްވާ އަބްދުލްހަމީދު އަބްދުލްގަފޫރު އާއި އަހުމަދު ޝާހިރު އަދި ކުރީގެ ފީފާ ރެފްރީ މުހައްމަދު ސައީދުއާ ކަމަށެއެވެ.
މީގެ ތެރެއިން ހާމިދު އަބްދުލްޢަފޫރަކީ އެފްއޭއެމުގެ ކުރީގެ ވައިސް ޗެއާމަން އަދި ޖެނެރަލް ސެކްރެޓަރީއެވެ. ޝާހިރަކީ އެފްއޭއެމުގެ ފުރަތަމަ އިންތިހާބު ބާއްވަން ފީފާއިން އައްޔަންކުރި އިންޓަރިމް ކޮމިޓީގެ ޗެއާމަންއެވެ.
ނާޝިދު ވިދާޅުވީ ވިކްޓަރީން ބޭނުންވަނީ މިމަހުގެ 15ވަނަ ދުވަހު އެކުލަބުން އިސްނަގައިގެން ބައްވާ ކޮންގްރެސްގައި އިތުބާރުނެތްކަމުގެ ވޯޓުނަގައި އެފްއޭއެމްގެ ވެރިން ބަދަލުކުރަން ކަމަށެއެވެ.