ސިޔާސީ

ސިވިލް ސާވިސްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްފި


ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް އަދާނުކުރެވޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހްމަދު މަނިކު ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.އަމީތު ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށާއި، ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ސިވިލް ސާވަންޓުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށްވެސް އެއިސްލާހުގައިވެއެވެ.ސިވިލް ސާވަންޓެއްގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުގެ އިތުރަށް އެފަދަ ޕާޓީއެއްގެ މަގާމެއް ފުރުމާއި ޕާޓީއެއް އުފެއްދުމަށް ވެސް ހުށަޙަޅައިގެން ނުވާނެ ކަމަށް މަޑުއްވަދީ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބުނެފައެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާވެސްވަނީ ބައެއް މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން މެދުކަނޑާލާފައެވެ. އަދި ހެނދުނު ނުވައެއް ޖެހިއިރު ޖަލްސާ ފެށުމާއިއެކު، އެމްޑީޕީ މެންބަރުން ވަނީ މެގަފޯނާއި ކަށިގަނޑުތައް ހިފައިގެން އަޑުގަދަ ކުރައްވަން ފައްޓެވިއެވެ.އަދި މަޖިލީހުގެ ރިޔާސަތަށްވެސް ބައެއް މެމްބަރުން ހުރަސްއަޅަފައިވޭ. މިއަދުގެ ޖަލްސާ މެދުކަނޑާލި އިރު މެންބަރުން އެއް މެންބަރަކު އަނެއް މެންބަރުގެ ގަޔަށް އަތްލާ ހަދާފައިވެއެވެ.މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުމެވެ.