ޚަބަރު

މެޗު ފަސޭހަ ނުވާނެ، އެކަމު ޔުނައިޓެޑި ބަލި ކުރެވޭނެ - އެމެރީ


ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗު ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް އާސެނަލްއަށް މޮޅުވެވޭނެ ކަމަށް ކޯޗް އުނާއި އެމްރީ ބުނެފިއެވެ.

ޕްރިމިއަރ ލީގް ތާވަލުގައި އެންމެ ޕޮއިންޓެއްގެ ތަފާތުން އާސެނަލްއަށްވުރެ ކުރީގައި އޮތް ޓީމާ ގުޅޭ ގޮތުން އެމްރީ ބުނީ، މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، ބުރާސްފަތި ދެވަހު ޗެމްޕިއަންސްލީގުގައި ޕީއެސްޖީ އަތުން ވި މޮޅާއެކު، ޔުނައިޓެޑްގެ ޓީމަށް އިތުބާރު ލިބިފައިވާނެކަމަށެވެ. ނަމަވެސް އާސެނަލް ނުކުންނާނީ ޓީމްގެ ސަޕޯޓަރުންނާއެކު ވަރަށް ޕޮޒިޓިވް މާހައުލެއްގައި ކަމަށާއި، އާސެނަލްގެ ދަނޑުގައި ކުޅޭ މި މެޗަށް ސަޕޯޓަރުން މުހިންމު ކަމަށެވެ.

އެފްއޭކަޕްގަ ޖެނުއަރީ މަހު މި ދެ ޓީމް ވާދަކުރި މެޗް ޔުނައިޓެޑް ވަނީ ތިން ލަނޑު އެއްލަނޑުން ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑްގެ ޕައުލް ޕޮގްބާއާއި އަނިޔާއިން ފަސޭހަ ވުމަށްފަހު، އެންތޮނީ މާޝަލްއަށްވެސް މި މެޗްގަ ކުޅެވޭނެއެވެ. ނަމަވެސް އާސެނަލްގެ ލޫކަސް ޓޮރޭރާއަށް އޭނާގެ ސަސްޕެންޝަންގެ ސަބަބުން މި މެޗްގަ ނުކުޅެވޭނެއެވެ.

ޕްރިމިއަރ ލީގްގެ ފަސްވަނައިގަ އާސެނަލް އޮތީ 57 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ ޔުނައިޓެޑް އޮތީ އެންމެ ޕޮއިންޓެއް އިތުރަށް ލިބިގެންނެވެ.