ޚަބަރު

ހުރާ ކައުންސިލް ކަޕްގެ ކުއާޓާގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ


ކ.ހުރާ ކައުންސިލް އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ކައުންސިލް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ނިމި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި އަށަރާ ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ރިވެންޖް އާއި ޓީމް ތްރީ ޑީއެވެ. މި މެޗު ހަތް ލަނޑު ދެ ލަނޑުން ކާމިޔާބުކުރީ ތްރީ ޑީ ޓީމުންނެެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީމް ތްރީ ޑީގެ ނާއިމެވެ.
ރޭ ކުޅެން ހަމަޖެހިފައިއޮތް ދެވަނަ މެޗު ހުދުރަންފުށި އެފް.ސީން ދޫކޮށްލުމުން އެފްސީ ސަޓަރޑޭ ސޫޕަށް ވަނީ މެޗު ލިބިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި އެންޖޯއި ފްރެންޑްސް އަދި ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކުރީ ޓީޟް ރައިވަލްސްއެވެ. ގްރޫޕް ބީން ޓީމް ތްރީ ޑީ އެއްވަނައިގެ ގޮތުގައި ކުއާޓަރއަށް ދިޔައިރު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކުރީ ޓީމު އާރު.ޖީ ގްރޫޕް ސީން އެފްސީ ސަޓަރޑޭ ސޫޕް އާއެކު ކުއާޓަރ ފައިނަލަށް ދަތުރުކުރީ ރަންމައެވެ. އަދި ކޮންމެ ގްރޫޕަކުންވެސް ތިންވަނަ އަށް ދިޔަ ޓީމަށްވަނީ ކުއާޓަރ ފައިނަލުން ފުރުސަތު ލިބިފައެވެ. އެޓީމު ތަކަކީ، ފޯޓީޓޫ އަދި ޗެލެންޖް އިތުރުން ރިވެންޖެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.