ޚަބަރު

ޓީ20ގެ އިއްޔެގެ ،މެޗްތައް މާލެ ސްޕޯޓްސްއާއި ވިޔެއންސާ ކާމިޔާބުކޮށްފަ


ޓީ ޓުވެންޓް ކްރިކެޓް ޕްރިމިއަރ ލީގްގައި އިއްޔަ ކުޅުނު މެޗް މާލޭ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ.

މާލޭ ސްޕޯޓްސް ކުލަބް މިމެޗް ކާމިޔާބުކޮށްފައވަނީ އޮފް އެފްސީއާއި ވާދަކޮށް 61 ލަނޑުން.ނެވެ މެޗްގައި މާލޭ ސްޕޯޓްސް ކުލަބްއަށް ޓޮސް ދިމާވުމުން އެޓީމް ގަސްދުކުރީ ކުޅުމަށެވެ. މާލޭ ސްޕޯޓްސް ކުލަބް ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން އެޓީމްވަނީ 178 ލަނޑު ހަދާފައެވެ.
މާލޭ ސްޕޯޓްސް ކުލަބްއަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ 99 ލަނޑު ހެދި އަބްދުﷲ ޝާހިދު އާއި 25 ލަނޑު ހެދި އަލްމިންއެވެ.

ޖަވާބުގައި އޮފް އެފްސީ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދުނީ 117 ލަނޑެވެ. އޮފް އެފްސީއަށް އެންމެ ރަގަނޅަށް ކުޅުނީ 18 ލަނޑު ހެދި އަހުމަދު ނިޝާމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މާލޭ ސްޕޯޓްސް ކުލަބްގެ އަބްދުލޯ ޝާހިދެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ވިޔެންސާއެވެ. ވިޔެންސާ މިމެޗް ކާމިޔާބުކޮށްފައިވަނީ އެމް.އެސް.ހެންޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި ވާދަކޮށް 6 ވިކެޓުންނެވެ. އެމް.އެސް.ހެންޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ 18.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދުނީ 128 ލަނޑެވެ. ޖަވާބުގައި ވިޔެންސާއިން ކުޅެންއަރާ 10.2 އޯވަރުގެ ތެރޭގައި ވަނީ 131 ލަނޑު ހަދާފައެވެ.