ޚަބަރު

ލިލީ މާޒިޔާއަށް ސޮއެކޮށްފި


މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަށް ކުޅުނު ތަޖްރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ބައްދަލްވެއްޖެއެވެ.

ޓީސީ ސްޕޯޓްސް ކުލަބްއަށްވެސް ކުޅެފައިވާ އަހުމަދު އަބްދުﷲ (ލިލީ)އަކީ ޑިފެންސްލައިންގެ ކޮންމެ މަގްމާއަކަށްވެސް ކުޅެވޭ ކުޅުންތެރިއެކެވެ. ބައެއް މެޗްތަކުގައި މެދުތެރެއަށްވެސް ލިލީ ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.
2009ވަނަ އަހަރު ނިއުއިން ކުޅުންފެށި އަހުމަދު އަބްދުﷲ، ހަ އަހަރު ނިއުއަށް ކުޅުމަށްފަހު ދެން ބަދަލުވީ ޓީސީ ސްޕޯޓްސް ކުލަބްއަށެވެ. ޓީސީއަށް އެއް އަހަރު ކުޅުމަށްފަހު ލިލީ އަލުން ބަދަލުވީ ނިއުއަށެވެ. ނިއުއާއެކު އަހުމަދު އަބްދުﷲވަނީ ރާއްޖޭގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށްފައެވެ. އަހުމަދު އަބްދުﷲއަކީ ކުރިން ގައުމީ ޓީމްގައިވެސް މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް މިހާރުގެ ކޯޗް ޕީޓަރ ސެގާޓްގެ ކޯޗްކަމުގެ ދަށުން ލީލީއަށް ގައުމީ ޓީމްއިން ފުރުސަތުވަނީ ގެއްލިފައެވެ.
މިއަހަރުގެ ސީޒަންއަށް އަހުމަދު އަބްދުﷲ މާޒިޔާއަށް ބަދަލްވެފައިވާއިރު، އޭނާގެ އުފަންރަށް ޅ.އަތޮޅު ހިންނަވަރުގައި އެނާ ދަނީ ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ. ލިލީއަކީ މާޒިޔާ ވަރުގަދަ ކުރުމަށް އެޓީމްއަށް ގެނައި 4 ވަނަ ކުޅުންތެރިޔާއެވެ.
ހަމްޒާ މުހައްމަދު، އިބްރާހިމް ވަހީދު ހަސަން އަދި ހުސެއިން ނިހާންވެސް ވަނީ މާޒިޔާއަށް ސޮއިކޮށްފައެވެ. މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރާ މުހައްމަދު އިރުފާންވަނީ މަޒިޔާގައި މަޑުކުރުމަށް ނިންމާ ކޮންޓްރެކްޓް އާކޮށްފައެވެ.