ވިޔަފާރި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ފިހާރައަކަށް


މާލެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ފަހަރަށް އެ ހުއްދަ ފިހާރައަކަށް ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިން ވިޔަފާރިއަކީ، ވިލިމާލޭ ފެރީ ޓާމިނަލުގައި ހުންނަ އެކްސްޕްރެސް މާޓަށެވެ.
އިކޮނޮމިކްމިނިސްޓްރީން މިއަދު ވަނީ އިތުރު ރެސްޓޯރަންޓަކަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައެވެ. އެއީ ހާބަރު ފުޑް ކޯޓުގައި ހުންނަ ވީވަރ ކެފޭ އަށެވެ.

މިއާއިއެކު އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާތަނަށް ޖުމްލަ 4 ރެސްޓޯރަންޓަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ، މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 8 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.