ޚަބަރު

ޕޮޗެޓިނޯ ދެ މެޗަށް ސަސްޕެންޑްކޮށްފި


ކުޅިވަރުގެ ރޫހާ ހިލާފަށް ރެފްރީއާ ދިމާކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އާޖެންޓީނާ އަށް އުފަން ކޯޗު ރުޅިގަދަވީ ބާންލޭ އަތުން 2-1އިން ބަލިވެ މި ސީޒަނުގެ ޕްރެމިއާ ލީގު ނުލިބޭނެކަން ޔަގީންވި މެޗަށް ފަހު އެވެ. އެ މެޗަށް ފަހު ރެފްރީ މައިކްޑީންއާ ދިމާލަށް ގޮސް އޭނާ ކުޅިވަރުގެ ރީހާ ހިލާފަށް މުހާތަބް ކުރި މައްސަލަ ބަލައި އޭނާ ވަނީ 10000 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޕޮޗެޓިނީ ވެސް ވަނީ މި އަދަބު ގަބޫލުކޮށްފަ އެވެ. އޭނާ ބުނީ އޭނާގެ އަމަލުތައް ހުރި ގޮތުގެ ވީޑިއޯ ބަލާފައި ދެރަވި ކަމަށާއި އެކަމާ މައާފަށް އެދޭ ކަމަށެވެ.

ދެ މެޗަށް ސަސްޕެންޑްކުރުމުން ހޮނިހިރު ދުވަހު ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗާއި މި މަހިހެ 31ގައި ލިވަޕޫލާ ދެކޮށް ކުޅޭ މެޗުގައި ޕޮޗެޓީނޯ އަށް ބެންޗުގައި ނުއިދެވޭނެ އެވެ.

ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ ތިން ވަނާގަ އެވެ. އެއީ 61 ޕޮއިންޓާއެކުގަ އެވެ. މިއީ ދެ ވަނާގައިވާ ލިވަޕޫލަށްވުރެ 9 ޕޮއިންޓް އަދި އެއްވަނާގައިވާ މެންޗެސްޓާ ސިޓީއަށްވުރެ 10 ޕޮއިންޓް މަދު އަދަދެކެވެ.