ޚަބަރު

ވިނިސިއަސް ދެ މަހަށް ކުޅުމާ ދުރަށް


ރެއާލް މެޑްރިޑުގެ ވިންގާ ވިނިސިއަސް ޖޫނިއާ ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އިއްޔެރޭ އަޔެކްސް އަތުން 4-1އިން ރެއާލް ބަލިވެ މުބާރާތުން ކެޓި މެޗުގަ އެވެ.

މި މެޗުގެ 35 ވަނަ މިނިޓްގައި ވިނިސިއަސް ބާލަން ޖެހުމުން އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެޑިކަލް ޓީމުން ވިނިސިއަސްގެ ފައިގެ ޓެސްޓްތައް ހެދިއިރު އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ. ރެއާލްއިން ފަރުވާގެ މުއްދަތު ބުނެފައިނުވި ނަމަވެސް ދެ މަސް ދުވަހު ނުކުޅެ ހުންނަންޖެހޭނެ ކަމަސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު ނެތް ރެއާލްގެ ގެރެތް ބޭލް އާއި ޑެނީ ކަވަހާލަށް ވެސް ހާނިއްކަވެފައިވާތީވެ ސްޕެނިޝް ލީގުގައި ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ލަފާކުރެ އެވެ.