ސިޔާސީ

ނަޝީދުގެ ޝަރީއަތުގެ އިސްތިއުނާފް އޮބްޒާވް ކުރުމުގެ ފުރުސަތު ދީފި


ކުރީގެ ރައީސް މުހަންމަދު ނަޝީދު ތޭރަ އަހަރަށް   ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު މަރުހަލާ ކުރިއަށް ގެންދާ ގޮތް އޮބްޒާވް ކުރުމަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ޚާރިޖިއްޔާއިން ދައުވަތު ދީފިއެވެ.ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ރައީސް ނަޝީދުގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް، ދައުވަތު ދީފައިވަނީ ޔޫއެން ސެކްރެޓަރީ ޖެނެރަލަށާއި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އިތުރުން އީޔޫއަށާއި ކޮމަންވެލްތަށެވެ.ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގަ ޓެރަރިޒަމްގެ ދައުވާ އުފުލައި، ރައީސް ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ މިމަހުގެ ތޭރަ ވަނަ ދުވަހުއެވެ.