ވިޔަފާރި

ގްލޯބަލް އިކޮނޮމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ އިންޑިއާއަށް ފުރާވަޑައިގެންފި


އޯލް އިންޑިއާ އެސޯސިއޭޝަން އޮފް އިންޑަސްޓްރީޒް، އޭ.އައި.އޭ.އައިގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ 8 ވަނަ ގްލޯބަލް އިކޮނޮމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ މިސަމިޓުގައި ފިނޭންސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

މިސަމިޓުގައި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އޯލް އިންޑިއާ އެސޯސިއޭޝަން އޮފް އިންޑަސްޓްރީޒް، އޭ.އައި.އޭ.އައި އަކީ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. މީގެ 55 އަހަރު ކުރިން އުފެއްދި މިއެސޯސިއޭޝަންގެ މެމްބަރުންގެ އަދަދު ސާދަސަތޭކައަށް ވުރެއަށް ގިނައެވެ.