ޚަބަރު

މަސައްކަތްތެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް މޯދީ ތަޢާރަފުކޮށްފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުގައި ސަތޭކަ މިލިޔަން މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ޕެންޝަން ސްކީމެއް ތަޢާރަފުކޮށްފިއެވެ. އިންޑިޔާގެ ޢާއްމު އިންތިޚާބަށް ދެ މަސް ދުވަހަށް ވެފައިވަނިކޮށް މޯދީ ތަޢާރަފުކުރެއްވި މި ސްކީމަކީ ކުޑަ އުޖޫރަ ލިބޭ ބުރަ މަސައްކަތްތައް ކުރާ މީހުންނަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ސްކީމެކެވެ.

މި ސްކީމަކީ، ގުޖުރާތުގެ މަރުކަޒީ ބަޖެޓުން ހަތްދިހަ މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަޢާރަފުކުރި މި ސްކީމަކީ، ދުނިޔޭގެ އެންމެ ބޮޑު ޕެންޝަން ސްކީމް އިންޑިޔާގައި ތަޢާރަފުކުރުމަށް އެޅި ބިންގާކަމަށް އިންޑިޔާގެ ވަގުތީ މާލީ ވަޒީރު ޕިޔުޝް ގޯޔަލް ވަނީ ވިދާޅުވެފައެވެ. ކުޑަ އުޖޫރަ ލިބޭ ބުރަ މަސައްކަތްތައް ކުރާ މީހުންގެ އާބާދީ އިންޑިޔާގައި ހަތަރު ސަތޭކަ ވިހި މިލިޔަނުން ގުނާލެވޭއިރު، މި އާ ޕެންޝަން ސްކީމްގެ ދަށުން އެއިން ކޮންމެ މަސައްކަތްތެރިއަކަށް ފަސްދޮޅަސް އަހަރު ވުމާއެކު، މަހު މުސާރައިގެ ގޮތުގައި ތިންހާސް ރުފިޔާ ލިބޭނެއެވެ.

މަސައްކަތްތެރިން މި ސްކީމަށް ކިޔާފައިވަނީ ހޫނު މަރުޙަބާއެކެވެ. މި ގިންތިއަށް ފެތޭ މަސައްކަތްތެރިންގެ ތެރޭގައި، ދުވަހު އުޖޫރައަށް މަޖޫރީކަން ކުރާ މީހުންނާއި، ރިކްޝޯ ދުއްވާ މީހުންނާއި، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ މީހުން ހިމެނެއެވެ. މި ފަދަ މަސައްކަތްތެރިންނަކީ އިންޑިޔާގެ އިޖުތިމާޢީ އަދާލަތުގެ ނިޒާމުގެ ތެރެއިން މާ ބޮޑު ރައްކާތެރިކަމެއް ލިބިދީފައިވާ ބައެއް ނޫންކަމަށް އެމީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.