ޚަބަރު

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް މަރިޔަމް ޝަފީޤު އައްޔަނުކޮށްފި


އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މ. މާފުށީގޭ މަރިޔަމް ޝަފީޤު އައްޔަނުކޮށްފިއެވެ.

މަރިޔަމް ޝަފީޤަކީ ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. ހެލްތް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ މަރިޔަމް ޝަފީޤު މީގެ ކުރިން ހުންނެވީ އެލައިޑް އިންޝުއަރެންސްގެ ޓެކްނިކަލް މެނޭޖަރަކަށެވެ. އަދި އޭނާ ވަނީ އައި.ޖީ.އެމް.އެޗްގެ އިތުރުން އެންސްޕާގައިވެސް މަސައްކަތް ކުރައްވާފައެވެ.

އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މަރިޔަމް ޝަފީޤު ހަމަޖެއްސެވުމުގެ އިތުރުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 2 މެންބަރަކުވެސް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އައްޔަނުކޮށްފައެެވެ. އެ 2 ބޭފުޅުންނަކީ ހ. އައިބަހާރު، އަމީލާ ލަޠީފާއި، މއ. ވިކްޓޮރީ، މުޙައްމަދު ޢާމިރެވެ.