ވިޔަފާރި

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޢާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އެސްޓީއޯއިން ބުނީ އެމަޤާމަށް ކުރިމަތިލާ ފަރާތަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭކަމަށެވެ.

އެސްޓީއޯއިން ބުނީ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތައް ކަނޑައަޅާނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންކަމަށެވެ.

އެސްޓީއޯގެ ހިއްސާ ބެހިފައިވާ ގޮތުންނާއި އެސްޓީއޯގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރަން ޖެހެނީ އެންމެ ޑިރެކްޓަރެކެވެ. އަދި މައި ހިއްސާދާރު ނުވަތަ ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުން އައްޔަން ކުރަން ޖެހެއެވެ.

އެސްޓީއޯގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިހިނގާ މާރޗްމަހުގެ ހަތާވީސްވަނަ ދުވަހުގެ ނިޔަލަށެވެ.