ޚަބަރު

ބޭނުންވަނީ ބާސްކެޓް ކޮމިއުނިޓީގެ ލޯތްބާއިއެކު ކުޅުން ހުއްޓާލަން - ޒިލާ


ކެރިއަރުގެ އެންމެ ފަހު އަހަރުވުމުން ބޭނުންވަނީ، ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ބަދަލުގައި، އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުން ކަމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒިލާލް ބުނެފިއެވެ.

ޒިލާވަނީ މިއަހަރަށްފަހު ބާސްކެޓްބޯޅައިން ރަސްމީކޮށް ރިޓަޔަރ ކުރަން ނިންމާފައެވެ. ގައުމީ ޓީމްގެ ކެޕްޓަން ޒިލާލް ބުނީ، ކެރިއަރުގެ އެންމެ ފަހު އަހަރު ކުޅުނު ފުރަތަމަ މުބާރާތް ކާމިޔާބުކުރެވުމުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، ނަމަވެސް ފަހު އަހަރަށް ވުމަކުން ހުރިހާ މުބާރާތެއް ކާމިޔާބުކުރުމެ އަމާޒެއް ނުގެންގުޅޭ ކަމަށެވެ.

ޒިލާބުނީ، ބޭނުންވާނި ބާސްކެޓް އާއިލާ ހިތްހަމަ ޖެހޭފަދަ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށްފަހު ކުޅުމާ ދުރަށްދާން ކަމަށާއި، ނަމަވެސް އަބަދުވެސް ބާސްކެޓަށް ދެވެންއޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެކަމަށެވެ.

"ފަހު އަހަރަށް ވުމަކުން ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، ނުވަތަ ލައިން ކްރޮސްކޮށްގެން ހުރިހާ ތައްޓެއް ކާމިޔާބުކުރާކަށް އަމާޒެއް ނުކުރަން، އޭގެ ބަދަލުގައި ބޭނުންވަނީ، މުޅި ބާސްކެޓް ކޮމިއުނިޓީގެ ލޯތްބާއިއެކު، އުފާވެރި ވަގުތުތަކެއް ހޭދަކޮށްލައިގެން ނިންމާލަން" ޒިލާ ބުންޏެވެ.