ވިޔަފާރި

އިމްޕޯޓް ޑިއުޓީ މައާފްކުރުމުގެ ނަތީޖާދަނީ ފެންނަމުން- މިނިސްޓަރ


އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މައާފްކުރުމުގެ ނަތީޖާ ފެންނަމުންދާ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ އަދި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅު ވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ،ޑިއުޓީ ކަނޑާލަން ނިންމީ ވަރަށްގިނަ ރިޒޯޓްތަކެއް ނުހެދި ހުރުމުން އެ ރިޒޯޓުތައް ހެދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށާއި، އެ ކަމުގެ ނަތީޖާއެއްގެ ގޮތުން  ވަރަށްގިނަ ރަށްތަކެއްގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ޑިއުޓީ ކަނޑާނުލާ ހިފެހެއްޓި ނަމަ، މިހާރު ފެންނަ ޑިވެލޮޕްމެންޓް ގްރޯތެއް ނުފެންނާނެ ކަމަށެވެ.އެހެން ނަމަވެސް ޑިއުޓީ ނަގައިގެން ދައުލަތައް ލިބޭ އާމްދަނީ އަށްވުރެ، އެރިޒޯޓުތައް ހެދި އޮޕަރޭޝަނަށް އައުމުން  ދައުލަތައް ލިބޭ އާމްދަނީ ބޮޑުވެގެންދާނެ ކަމަށް އަދީބު ވިދާޅުވިއެވެ.މިދިޔަ އަހަރުގެ ޑިސެމްބަރ އެކަކުން ފެށިގެން 2017 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް، ނުހެދިހުރި ރިސޯޓުތަކާއި އަލަށް ހަދަން ފަށާ ރިސޯޓްތައް ހެދުމަށް ގެނެވޭ ސާމާނުން ޑިއުޓީ މާފުކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.