އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް އެ ސްކޫލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ.
އިހަވަންދޫ މަދަރުސާގައި ކިޔަވާ ހުރިހާ އުމުރުފުރާއެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 172 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ މަދަރުސާއިން މަޢުލޫމާތުދެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ އެ ސްކޫލުގެ ރަންޔޫބީލާއި ގުޅުވައިގެން" ރަންޔޫބިލް ޤުރުއާން މުބާރާތް" މިނަމުގައެވެ.
ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް އިނާމް ދިނުމަށްހަމަޖެހިފައިވާކަމަށް އިހަވަންދޫ މަދަރުސާއިން މަޢުލޫމާތުދެއެވެ.
ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ދީނީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ މިމުބާރާތް މާރޗް މަހުގެ 2 ވަނަދުވަހާހަމައަަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިހަވަންދޫ މަދަރުސާއިން މަޢުލޫމާތުދެއެވެ.