"މާލޭ ހައި އިންޓަރނޭޝަނަލް ވަރޗުއަލް" ސްކޫލް ލޯންޗްކޮށްފިއެވެ.މަންދު ކޮލެޖްގައި ކުރިޔަށް ގެންދިޔަ މިރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ މަންދޫ ކޮލެޖްގެ ޗެއާރމަން އިބްރާހިމް އިސްމާއިލްއެވެ.ވާރޗުއަލް ސްކޫލް ތައާރަފްކުރުމުން ޓީޗަރުން ދުރުގައި ތިބެގެންވެސް ވާރޗުއަލް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޓީޗަރަށް، ދަރިވަރުންނަށް ކުލާހުގައި ކިޔަވައިދެވޭނެއެވެ.ވާރޗުއަލް ސްކޫލަކީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތިބެގެން ކިޔެވޭނެ ގޮތައް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދާއިރު، ކިޔަވާ ކުދިން ކައިރީގައި އެއްތަނެއްގައި ޓީޗަރުން ނެތްނަމަވެސް، ވާޗުއަލް ޓެކްނޮލޮޖީގެ ޒަރީއާއިން ކިޔަވާދޭ ޓީޗަރުން ދަރިވަރުންނާއި ވާހަކަދައްކާ ސުވާލުކޮށްހެދޭނެއެވެ.މީގެ އިތުރުން ސްކޫލްތަކުން ފަސޭހައިން ލިބެން ނުހުންނަ ހިދުމަތްތަކާއި ވަސީލަތްތައް ދަރިވަރުންނަށް ޕޯރޓަލް އެއްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެކަމަށް މާލޭ ހައި އިންޓަރނޭޝަނަލް އިން މައުލޫމާތުދެއްވައެވެ.މާލޭ ހައި އިންޓަރނޭޝަނަލް ވާރޗުއަލް ސްކޫލް ލޯނޗު ކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މަންދޫ ކޮލެޖްގެ ޗެއާރމާން އިބްރާހިމް އިސްމައިލް ވިދާޅުވީ ވާރޗުއަލް ކެންޕަސްގެ ޒަރިއްޔާއިން އުގެނުމުގެ ފެންވަރު ރަނގަޅުކޮށްދިނުމަށް މަންދު ކޮލެޖަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް މި ކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ޓީޗަރުން ނެތިގެން ނުކިޔެވިގެން މިއަދު ހުންނާކަށް ނުޖެހޭނެކަމަށް ވެސް އިބުރާވިދާޅުވިއެވެ.މާލެ ހައި އިންޓަރ ނޭޝަނަލް އިން އިސްނަގައިގެން މަންދޫ ކޮލެޖާއި އޫރިދޫ ގުޅިގެން ސްކޫލްތަކަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމް ގެދަށުން ފ މަގޫދޫ ސްކޫލްގައި މާރޗް މަހު ވަނީ މި ޕްރޮގްރާމް ފަށާފައެވެ.ފ މަގޫދު ސްކޫލްގެ ޕްރިން ސިޕަލް އައިޝަތު ސްލްތާން ވިދާޅުވީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޓީޗަރުން އެހީގައި އުގެނުމުގެ ފުރުސަތު ލިބެމުންދާކަމަށާއި ،މި ހިދުމަތް ލިބިގެން ދިޔަ ފުރައްތަމަ ރަށެއްގެ ގޮތުގައި ފ މަގޫދޫ ވެގެން ގޮސްފައިވާއިރު މި ރަށުގައި ގްރޭޑް ދިހައެއް ކިޔަވާ ދަރިވަރުންނަށް ތަޖުރިބާ ކާރު ޓީޗަރުންގެ އެހީ ލިބެމުންދާކަމަށެވެ.ވާރޗުއަލް ސްކޫލް ހިނގަމުންދާނީ އެ ޕްރޮގްރާމްގައި ބައިވެރިވާ ސްކޫލްތަކުގެ ގަޑިޔާއި ގުޅުވައިގެންކަމަށް ކަމަށް އެ ސްކޫލުން މައުލޫމަތުދެއެވެ.މި ސްކޫލް ކާމިޔާބު ކަމާއެކު ހިގަން ފެށުމުން ދެވަނަ ފިޔަވަހީގައި ވަކި ވަކި ދަރިވަރުންނަށް މާލެއާއި މުޅިރާއްޖެއަށް އަމާޒުކޮށްގެން އެކުދިންގެ ކިޔެވުމަށް އެހީ ވެދިނުމަށް ވަނީ ރޭވިފައެވެ. މި ހިދުމަތް އަލަށް ތަޢާރަފް ކުރެވޭ ހިދުމަތަކަށް ވާތީ ވާރޗުއަލް ސްކޫލް ލޯންޗް ކުރާ ދުވަހުންފެށިގެން 3 މަސް ދުވަސް ވަންދެން މިހިދުމަތް ހޯދާ ސްކޫލްތަކަށް މި ހިދުމަތް ފޯރުކޮށްދިން ހަމަޖެހިފައިވަނީ ހިލޭ ކަމުގައި އެސްކޫލުން މައުލޫމާތުދެއެވެ.