ޚަބަރު

ހުރާ ކައުންސިލް ކަޕްގައި ޓީމު އާރުޖީ އާއި ރިވެންޖް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ


ކ.ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ކައުންސިލް ކަޕްގައި ރޭ އެފް.ސީ ސަޓަރޑޭ ސޫޕް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރި އިރު ޓީމު އާރުޖީ އާއި ރިވެންޖް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހުރާ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމު އާރުޖީ އާއި ރިވެންޖްއެވެ. މި މެޗު ނިމުނީ ތިނެއް ތިނަކުން ދެޓީމުވެސް އެއްވަރުވެގެންނެވެ. މެޗުގައި އާރުޖީގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ، ރީހާން އަދި އަހުމަދެވެ. ރިވެންޖްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ، ޝިބާއު އަދި މައުސޫމްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އަނގޯޅިއަންސް އާއި ވާދަކޮށް އެފް.ސީ ސަޓަރޑޭ ސޫޕް މެޗު ކާމިޔާބުކުރީ ފަންސަވީސް ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ސަޓަރޑޭ ސޫޕްގެ އިސްމާއިލް އީސާ އެގާރަ ލަނޑު ޖެހިއިރު، ހަމްޒާ މުހައްމަދު ވަނީ ފަސް ލަނޑު ޖަހާފައެވެ. އަދި ޔަސްފާދު ހަބީބް އާއި މުހައްމަދު ނިޒާމް ވަނީ ތިން ލަނޑު ޖަހާފައެވެ.

އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ޝިއާން އަދި ހަމްދާން އަބްދުއްސައްތާރެވެ. އަނގޯޅިއަންސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ފައްޒާންއެވެ.