ޚަބަރު

ކިމް ޖޮންގް އުން އާއި ޑޮނަލްޑް ޓްރަމްޕް ވިއެޓްނާމްގައި ބައްދަލުކުރައްވައިފި


އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިއެޓްނާމްގެ ހެނޯއީގައި ބައްދަލުކުރައްވައިފިއެވެ.

މިއީ މި ދެ ޤައުމުގެ އެންމެ އިސް ލީޑަރުންގެ ދެމެދު ބާއްވާ މި ފަދަ ދެވަނަ ބައްދަލުވުމެވެ.
ދެ ބޭފުޅުން ވަކީން ބޭއްވެވި 20 މިނިޓުގެ ބައްދަލުކުރެއްވުމަކަށް ފަހު އެ ދެ ބޭފުޅުން ވަނީ ޚާއްޞަ ފަރިއްކޮޅަކަށް އިންސާފުކުރައްވާފައެވެ. އެ ފަރިއްކޮޅަށް އިންސާފުކުރެއްވުމަށް ޓްރަމްޕާއި ކިމްގެ މޭޒުކޮޅުގައި، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެކްޓިން ޗީފް އޮފް ސްޓާފް މިކް މުލްވޭނީވެސް ތިއްބެވިއެވެ.

ބުރާސްފަތި ދުވަހު، މި ދެ ބޭފުޅުންގެ އިތުރު ބައްދަލުވުމެއް ކުރިއަށްދާނެއެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ އެކި ކަންބޮޑުވުންތަކާ މެދު ތަފްޞީލީ މަޝްވަރާތަކެއް ކުރިއަށްގެންދާނެއެވެ.
އަދި ޓްރަމްޕް ވަނީ އެމަނިކުފާނުވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެކަމަށް ވިދާޅުވެފައެވެ.