ޚަބަރު

އީސީގެ މެންބަރުކަމަށް ކުރިމަތިލި 16 މީހުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ސޯޅަ މީހުންގެނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި މީހުންގެ ނަންތައް ހިމެނޭ މައްސަލަ ތަޅުމަށް ހުށައަޅާފައެވެ. މެންބަރުކަމަށް ކުރިމަތިލި މީހުންގެ ނަންތައް ތަރުތީބުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މިލިސްޓްގައި، އީސީގެ މިހާރުގެމެންބަރު އިސްމާޢީލް ހަބީބުވެސް ހިމެނިވަޑައިގަންނަވައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން މިކުރައްވަނީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އިޞްމާޢީލް ޙަބީބުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 13ވަނަ ދުވަހަށް ހަމަވާތީއެވެ.

ޙަބީބުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފާއި، ނައިބު ރައީސް އަމްޖަދު މުޞްތަފާއާއި ކޮމިޝަނުގެ މެމްބަރުން އަހްމަދު އަކްރަމާއި މެންބަރު އަލީ ނަޝާތެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.