ޚަބަރު

އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް "ގްރީން ބުކް"


ހޮލީވުޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ މަޤާމު "ގްރީން ބުކް" ހޯދައިފިއެވެ. މި ފަހަރުގެ އޮސްކާ އެވޯޑްސް ވެގެން ގޮސްފައިވަނީ ހޮލީވުޑްގެ ޘަޤާފީ ސިންދަފާތު ދައްކުވައިދިން ޙަފުލާއަކަށެވެ.

ޕީޓަރ ފެރެލީ ޑައިރެކްޓްކޮށްފައިވާ "ގްރީން ބުކް" އަކީ ކޮމެޑީ ޑްރާމް ފިލެމެކެވެ. މި ފިލްމް މި އަހަރު ވަނީ އެންމެ މޮޅު ފިލްމުގެ އޮސްކާގެ އިތުރުން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑްވެސް ހޯދާފައެވެ. އަދި ގްރީންބުކްގައި ސަޕޯޓިން އެކްޓަރެއްގެ ރޯލު ކުޅުނު މަހަރޝަލާ އަލީއަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓަރގެ އޮސްކާވެސް ލިބިފައެވެ.

މިއަހަރުގެ އެވޯޑްގައި އިނގިރޭސި ބަސް ނޫން ބަހަކުން އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ، ނެޓްފްލިކްސްގެ ފިލްމު "ރޯމާ" އެވެ. މި ފިލްމަކީ ހިޖުރަވެރީންގެ އާއިލާއަކަށް ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަންނަ ގޮތް ދައްކުވައިދޭ ފިލްމެކެވެ. ރޯމާގެ ޑިރެކްޓަރަށް ބެސްޓް ޑިރެކްޓަރގެ ޝަރަފު ލިބުނުއިރު، އެ ފިލްމުގެ ވާހަކައަކީ އޭނާގެ ޢާއިލާގެ ތަޖުރިބާތައް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ބެސްޓް ސިނަމެޓޮގްރަޕީގެ އެވޯޑުވެސް ޙާސިލުކުރީ "ރޯމާ"އެވެ.

އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އޮސްކާ ލިބުނީ "ސްޕައިޑަރ މޭން – އިން ޓު ދަ ސްޕައިޑަރ ވޯސް"އަށެވެ.

ފިލްމީ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ބޮޑު މުުހިއްމު ޝަރަފުކަމަށް ދެކޭ އޮސްކާ އެވޯޑްސްގައި، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އެންމެ މޮޅު އެކްޓަރއާއި، އެކްޓްރެސްގެ މަޤާމު ޙާސިލުކުރާ ފަރާތްތަކަށެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ، އާއްމުންގެ ގިނަ ބައެއްގެ މަޤްބޫލުްކަން ހޯދި "ބޮހިމިއަން ރެޕްސޮޑީ"ގެ ތަރި ރާމީ މަލިކްއެވެ. ރާމީ މާލިކަކީ މިސްރު ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ މަޤާމު ހޯދީ ފިލްމް "ދަ ފޭވަރިޓް" އިން އޮލިވިއާ ކޯލްމަންއެވެ.

މިއަހަރުގެ އޮސްކާ އެވޯޑްސްގައި ރޯމާ، ބްލެކް ޕެންތަރ ބޮހީމިއަން ރެޕްސޮޑީފަދަ ފިލްމިތަކުންވަނީ މުހިއްމު އެވޯޑްތައް ހާސިލްކޮށްފައެވެ.

އިތުރު އެވޯޑްތަކަށް ބަލާއިރު، ބެސްޓް ޑޮކިއުމެންޓްރީ ފީޗަރއަކަށް ހޮވިފައިވަނީ "ފްރީ ސޯލޯ" އެވެ. ބެސްްޓް ކޮސްޓިއުމް ޑިޒައިން- "ބްލެކް ޕެންތަރ" އަށް ލިބިފައިވާއިރު، ބެސްޓް ޑޮކިއުމަންޓްރީ ޝޯޓް ފިލްމްގެ އެވޯޑު ލިބިފައިވަނީ، ޕީރިއަޑް.އެންޑް އޮފް ސެންޓެންސްއަށެވެ. ބެސްޓް އޮރިޖިނަލް ސޯންގް ލިބުނީ އަ ސްޓާ އިޒް ބޯން އަށް ލޭޑީ ގާގާ އާއި މާކް ރޮންސޮން ތައްޔާރުކުރި ލަވަ، "ޝެލޯ"އަށެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު އޮސްކާ އެވޯޑު ޙަފުލާ ކުރިއަށްގެންގޮސްފައިވަނީ އެ ޝޯ ހުށަހަޅާ ފަރާތެއް ނެތިއެވެ. މިދިޔަ އަހަރުގެ އެންމެ މަޤުބޫލު އެއް ފިލްމު ބޮހީމިއަން ރެޕްސޮޑީގެ ވާހަކަ އެ ބޭންޑެއްގެ މައްޗަށް ބިނާކޮށްފައިވާ މަޝްހޫރު ބޭންޑް ކުއީންގެ ހުށަހެޅުމަކުން ފެށި މި ޝޯވްގައި ގިނަ ޢަދަދެއްގެ ތަރީންގެ ހުނަރު ވަނީ ދައްކާލާފައެވެ،