ޚަބަރު

ބުންޑެސްލީގާ ތާވަލުގެ އެއްވަނާގައި ޑޯޓްމުންޑް އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި


ބަޔަރ ލެވަރކުސަން ބަލިކޮށް ބޯރޫޝިއާ ޑޯޓްމަންޑް ބުންޑެސްލިގާ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ މިދެ ޓީމް ވާދަކުރި މެޗް ޑޯޓްމަންޑް ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. ލީގުގައި މި ފަހުން ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކުރި ލެވަކޫސަން ގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނައީ ޑޭން ޒަގަޑޫ، ޖޯޑަން ސަންޗޯ އަދި މާރިއޯ ގޮޓްޒާ ޑޯޓްމަންޑަށް ޖަހައިދިން ގޯލްތަކުންނެވެ.

މެޗްގަ ފުރަތަމަ ހާފްގައި ލީޑް ނެގީވެސް ޑޯޓްމަންޑުންނެވެ. ޑޯޓްމަންޑްގެ ލީޑަށްފަހު ކެވިން ވޮލޭންޑް ވަނީ ލެވަކޫސަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް އޭގެ އެއް މިނެޓް ފަހުން ދެވަނަ ފަހަރަށް ޑޯޓްމަންޑަށް ސަންޗޯ ލީޑް ނަގައިދިންއިރު، ގޮޓްޒޭ ވަނީ ދެވަނަ ހާފްގައި ލީޑް ފުޅާ ކޮށްދީފައެވެ. ލެވަކޫސަންގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ޓާއެވެ.

މިއީ ޖެހިޖެހިގެން ތިން މެޗުން ލީގުގައި މޮޅުނުވެވި އޮތް ޑޯޓްމުންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި މޮޅުވި ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު 54 ޕޮއިންޓާއެކު ޑޯޓްމަންޑް ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ބަޔާން މިއުނިކް އޮތީ 51 ޕޮއިންޓް ލިބިގެންނެވެ.