ޚަބަރު

ސައިކްލޯން ބީސީއާއި ޔޫއެން ފްރެންޑްސް އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލަށް


27 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެންބައިގެ ފައިނަލުން ސައިކްލޯން ބީސީއާއި ޔޫއެން ފްރެންޑްސް ޖާގަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ސައިކްލޯން ބީސީ ފައިނަލުން ޖާގަ ހޯދީ ބެންޗް ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަންސާސް ތިން ޕޮއިންޓް، ތިރީސް ދެ ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ސައިކްލޯންއަށް އެގާރަ ޕޮއިންޓް އެއްކޮށްދިން ނަޝްފާ އާމިރެވެ.

ޔޫއެން ފްރެންޑްސް ފައިނަލުން ޖާގަ ހޯދީ ޓީރެކްސް ސްޕޯޓްސް އެކަޑެމީ 55 ޕޮއިންޓް 35 ޕޮއިންޓުން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ޝިޒްނާ ރަޝީދެވެ.

މުބާރާތުގެ ފައިނަލްގައި ސައިކްލޯން ބީސީއާއި ޔޫއެން ފްރެންޑްސް ވާދަކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭއެވެ. ލީގު ބުރުގައި މި ދެޓީމް ވާދަކުރި މެޗު ހަތް ޕޮއިންޓްގެ ތަފާތުން ކަމިޔާބުކުރީ ޔޫއެން ފްރެންޑްސްއެވެ. މުބާރާތުގައި މިއަދު ކުރިއަށްދާނީ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތަކެވެ.