ކުޅިވަރު

ނާޝިދު ތިން އަހަރަށް ޔޫވީއަށް


ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އަހުމަދު ނާޝިދު ޔުނައިޓެޑް ވިކްޓްރީއަށް ބަދަލުވެއްޖެއެވެ.

މިދިޔަ ސީޒަންގައި އަހުމަދު ނާޝިދު ކުޅެފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. މާލޭ ލީގާއި ޕްރިމިއަރ ލީގުގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު، އޭރު އެޓީމްގެ ކޯޗްއަކަށް ހުރީ ލާޒޯ ކިސް. ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް މިދިޔަ ސީޒަންގެ ފަހުކޮޅުފައި ދިމާވީ މާލީ ބޮޑެތި މައްސަލަތަކާއި ހުރެ، ކޯޗް ލާޒްލޯ ކިސްވަނީ ފޮނުވާލާފަ އަދި ވިކްޓްރީގެ ބައެއް ކުޅުންތެރިން ސީޒަންގެ ފަހު ކޮޅުގައި ފަރިތަކުރުންތަކުގައި އާއި މެޗްތަކުބައިވެރިނުވެއެވެ.
އަހުމަދު ނާޝިދު ވެސް ސީޒަންގެ ފަހު ކޮޅު މެޗުތައް ކުޅެފައިނުވެއެވެ.

2007ވަނަ އަހަރު ނާޝިދު ފުރަތަމަ ވިދާލީ ޒޯން މުބާރާތުން. އޭގެ ފަހުން ކުލަބު ވެލެންސިޔާ، މާޒިޔާ ވިކްޓްރީ، ކުލަބު އީގަލްސްއަށްވެސް އޭނާ ކުޅުނެވެ. ނާޝިދުވަނީ 2015ވަނަ އަހަރާއި 2016 އަހަރުގައި ގައުމީ ޓީމަށްވެސް ކުޅެފައެވެ. އަހުމަދު ނާޝިދު ޔުނައިޓެޑް ވިކްޓްރީއަށް ބަދަލުވެފައިވާއިރު، މިއީ މިސީޒަންއަށް އެޓީމް ވަރުގަދަ ކުޅުމަށް ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަންގައި ވިކްޓްރީއަށް ކުޅުނު ޝާފިޢު އަހުމަދާއި އަހުމަދު ވިޝާމްވެސް ވަނީ ޔޫވީއަށް ސޮއިކޮށްފައެވެ.