ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވުމުން ކުރިން ރުހުން ނުދޭން ނިންމާފައިވާ ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓިން ރުހުންދީފިއެވެ. 
މިއަދު ބޭއްވި ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމުގައި ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ، ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް ގ.އުތުރުގެއާގެ މުހައްމަދު ޚަލީލާއި ތައިލެންޑްގައި ހުންނަވާ ސަފީރަކަށް  މއ.ތިބްރޯޒް، މުޙައްމަދު ޖިނާހަށެވެ. 
ސަފީރުންނަށް ރުހުން ދިނުމަށް ބޭއްވި މިއަދުގެ ކޮމިޓީ ބައްދަލުވުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ. 
ދެ ބޭފުޅަކަށް ރުހުންދޭން ފެންނަކަމަށް ކޮމެޓީން ނިންމިއިރު، މީގެ ކުރިންވެސް ވަނީ އަށް ސަފީރަކަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.