ޚަބަރު

އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔަކަށް އައިޝަތު އައިމާ ހޮވިއްޖެ


މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔަކަށް އައިޝަތު އައިމާ ހޮވިއްޖެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އަލަށް ހޮވި އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާ އައިމާއަށް މި އިނާމް ހަވާލުކޮށްދެއްވީ މި ރަސްމީޔާތުގެ ޝަރަފްވެރި މެހްމާނު ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޟޯލިޙްއެވެ.ފުވައްމުލަކަށް ނިސްބަތްވާ އައިމާ މި އެވޯޑު ހޯދިއިރު ވޭދިވިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކްރިކެޓް ކުޅުންތެރިޔާގެ މަޤާމް ލިބުނީ ޔޫސުފް އަޒިޔާން ފަރުހަތަށެވެ.

މީގެ އިތުރުން މި ހަފްލާގައި ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންވެސް ހޮވާފައެވެ. އެގޮތުން އެންމެ މޮޅު ފިރިހެން އުކުންތެރިއަކަށް މުހައްމަދު މަހުފޫޒް ހޮވުނުއިރު އެންމެ ކުޅުންތެރިޔަކަށް ހޮވުނީ އަޒިޔާންއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އާދަމް ނާސިފް އުމަރު އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އުކުންތެރިޔަކަށް އައިމާ ހޮވުނުއިރު އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އައިޝަތު ހަމްޒާއެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ސަމިއްޔާ ހާމިދުއެވެ.

މި ހަފުލާގައި މި އަހަރު ކްރިކެޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށް ހާއްސަ އިނާމެއް ވަނީ ދީފައެވެ. އެގޮތުން އެންމެ ހިދުމަތްތެރި ކޯޗަކަށް ލިރުގާމް ސައީދު (ލަރޭ) ހޮވުނުއިރު އެންމެ ހަރަކާތްތެރި ސްކޫލަކަށް ހޮވުނީ ތާޖުއްދީން ސްކޫލްއެވެ. އަދި އެންމެ މޮޅު ކުލަބަކަށް ސީބީއެލް ސްޕޯޓްސް ހޮވުނުއިރު ކްރިކެޓް ޑިވެލޮޕްމަންޓް އެވޯޑް ހާސިލްކޮށްފައިވަނީ ޏ.ފުވައްމުލަކެެވެ.

މީގެ އިތުރުން މި ހަފްލާގައި ވަނީ ވޭތިވިދިޔަ އަހަރު ކްރިކެޓަށް އެކިގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި، އެކިގޮތްގޮތުން ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކަށް އިނާމް ދީފައި.