ކުޅިވަރު

ޔޫތް ޗެމްޕިއަންށިޕުން ފާހަގަވި ކުޅުންތެރިން 23 އަހަރުންދަށުގެ ގައުމީ ޓީމަށް ނަގާނަން - ސެގާޓް


ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ބައެއް ކުޅުންތެރިން ނަގާނެކަމަށް 23 އަހަރުން ދަށުގެ ގައުމީ ޓީމް އަދި ސީނިއާރ ޓީމްގެވެސް ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

ނިމިގެންދިޔަ ޔޫތް ޗެންޕިއަންޝިޕަކީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށް އެފްއޭއެމްއިންވަނީ ބުނެފައެވެ. 23 އަހަރުން ދަށުގެ ގައުމީ ޓީމް މިހާރު ފަރިތަކުރަމުންދަނީ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންއަށެވެ. ސައުދި އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފިކޭޝަންގެ މެޗްތަށް ކުރިއަށްދާނީ މާޗް މަހުގެ 22 މާޗް މަހުގެ 26ގެ ނިޔަލަށެވެ.

ނިމިގެންދިޔަ ޔޫތް ޗެންޕިއަންޝިޕް މުބާރާތާއި ބެހޭގޮތުން ވާހަކަދައްކަމުން ގައުމީ ކޯޗް ޕިޓަރ ސެގާޓްބުނީ މުބާރާތުގެ ހުރިހާ މެޗެއް އެނާ، އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރުއާއެކު ބަލާފައިވާކަމަށެވެ. މުބާރާތުގައި ވާދަކޮށްފައިވާ ޓީމްތަކުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށް ކޯޗު ބުންޏެވެ.

މުބާރާތުގައި ވާދަކޮށްފައިވާ ޓީމްތަކަށް ބަލާއިރު، ބައެއް ކުޅުންތެރިންނަށް، ޓީމްތަންކޮޅެއް ދެރަވުމުން އެކުޅުންތެރިންގެ ހުނަރު އެންމެ ރަގަނޅު ގޮތުގައި ދައްކާލެވިފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގެ މެޗްތަށް ބެލިއިރު ކޯޗުންވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ބަލާފައި. އަދި ހާއްސަކޮށް އިތުރު ފުރުސަތު ލިބިއްޖެކަމުގައިވާނަމަ، ބައެއް ކުޅުންތެރިން ވަރަށް މޮޅު ކުޅުންތެރިންނަށް ވާނެކަމަށްވެސް ކޯޗް ޕީޓަރ ސެގާޓް ބުންޏެވެ.
ކޯޗް ބުނީ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް މިހާރު ތައްޔާރުވަމުންދާއިރު ޔޫތް މުބާރާތުން ނަގާނީ އެންމެ ދޮށީ ކުދިންކަމަށެވެ. އަދި ޔޫތް މުބާރާތް 21 އަހަރުން ދަށުގެ މުބާރާތަކަށްވާއިރު 23 އަހަރުން ދަށުގެ ކޮލިފިކޭޝަންއަށް އެކުޅުންތެރިން އަދި ވަރަށް އާ ވާނެމަށެވެ. ނަމަވެސް މާދަމާ ފުޓްބޯޅައިގެ މުސްތަގްބަލް އުޖާލާވާނީ މިއަދު އެކުޅުންތެރިންނަށް ފުރުސަތު ދީގެންކަމަށްވެސް ސެގާޓް ބުންޏެވެ.

ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ކުލަބް އީގަލްސްއެވެ.
އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލާފައިވަނީ ގަލްފުގެ ގަދަ ބާރުތަކާއެކު ގުރޫދް ޑީގައެވެ. މިގުރޫގައި ރާއްޖޭއާއެކު ހިމެނެނީ ސައުދި އަރަބިއްޔާ، ޔޫއޭއީ އަދި ލެބަނަންއެވެ.