ސިޔާސީ

ރީ ރަޖިސްޓްރީއަށް އަދި ތަރުޙީބު ކުޑަ، ލަސްނުކޮށް ރަޖިސްޓްރީކޮށް ނިންމުމަށް އެދެން - އީސީ


އަންނަ މަޖިލިސް އިންތިޚާބަށް ރީރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަންކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އަންނަ އޭޕްރީމް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ތައްޔާރުމަމުންދާ މަޖިލިސް އިންތިޚާބަށް ރަށްވެހިވެފައިވާ ރަށް ނޫންއެހެންތަނެއަގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަންޖެހެނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި ތަން ނޫން އެހެންތަނަކަށް ވޯޓުލާނަމަ އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. މަޖިލިސް އިންތިޚާބަށް ރީރަޖިސްޓްރީ ވާންބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ފުރުޞަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް މިއަދު ވިދާޅުވީ ރީރަޖިސްޓްރީކުރުމަށް ހުޅުވާލިފަހުން ފަސް ދުވަސް ފާއިތުވެފައިވާއިރު އެކަމަށް މާބޮޑު ތަރުހީބެއް އަދި ލިބެމުން ނުދާކަމަށެވެ. އެހެންކަމުން ފަހުވަގުތައް ނުތިބެ، ރިރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަންކޮށް ނިންމުމަށް އަކްރަމްވަނީ އެދިވަޑައިގެންފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާއިރު، 395 މީހަކު ވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަންކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 507 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، 39 ރިސޯޓާއި، ބޭރުގެ 7 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަށެވެ.