ޚަބަރު

ފުވައްމުލަކު ސިޓީގައި ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ދީނީ ނަސޭހަތް ދީފި


ފުވައްމުލަކު ސިޓީގައި ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ދީނީ ނަސޭހަތްދިނުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

ފުވައްމުލަކު ސިޓީގައި ދީނީ ކަންކަން ކުރިއެރުވުމަށް ޙަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ގާޑިޔަން އެސޯސިއޭޝަނާއި ފުލުހުން ގުޅިގެން މިއަދު ހެނދުނު ބޭއްވި ދީނީ ނަސޭހަތްދިނުމުގެ ޚާއްޞަ ސެޝަނުގައި ކިޔަމަންތެރިކަމާ ގުޅޭގޮތުން މުހިންމު މަޢުލޫމަތުތަކެއް ވަނީ ދީފައެވެ.

ސިލްސިލާކޮށް މަހަކު އެއްފަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ސެޝަންތަކުގެ މަޤްޞަދަކީ މުޖުތަމަޢު ހަރުދަނާކޮށް ހެޔޮ ވިސްނޭ ޖީލެއް ބިނާކުރުންކަމަށް ގާޑިޔަން އެސޯސިއޭޝަނުން ބުނެއެވެ. މިއަދު ހެދުނު 10:30 އިން 11:30 އަށް ކުރިޔަށްގެންދިޔަ ދީނީ މަޢުލޫމާތު ދިނުމުގެ މި ސެޝަން ބާއްވާފައިވަނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަންގައެވެ. މިދިޔަ މަހުވެސް މިފަދަ ސެޝަނެއް އެ ޖަމްޢިއްޔާއިން ކުރިއަށްގެންގޮސްފައިވެއެވެ.