ޚަބަރު

އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި


އެމްޓީސީސީ ޓަވަރގައި ހުންނަ އެމްޓީސީސީގެ އޮފީސް ފަޅާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެމްޓީސީސީގެ އޮފީސް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށް ގެންދިޔަ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު 8:18 ހާއިރު ކަމަށެވެ. އަދި ވަގަށް ގެންގޮސްފައިވަނީ ސީދާ ކިހާ ފައިސާއެއްކަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.