ޚަބަރު

އަންހެން ޑިވިޝަންގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫއެން ފްރެންޑްސް ސެމީއަށް

ހަތާވީސްވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫއެން ފްރެންޑްސް ސެމީ ފައިނަލުން ޖާގަހޯދާއިފިއެވެ.

ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫއެން ފްރެންޑްސް ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫއެން ފްރެންޑްސް އާއި ބެންޗް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ޔޫއެން ފްރެންޑްސް ކާމިޔާބުކުރީ ފަސްދޮޅަސް ޕޮއިންޓް ސައްބިސް ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ފާތިމަތު ރިޝްމާއެވެ.

މި މެޗުގެ އިތުރުން މި މުބާރާތުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބާއި ޓީ.އެސް.އޭ އެވެ. މި މެޗު ފަސްދޮޅަސް ތިން ޕޮއިންޓް ތިރީސް ދެ ޕޮއިންޓުން ކާމިޔާބުކުރީ ސައިކްލޯން ބާސްކެޓްބޯޅަ ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސައިކްލޯންގެ ނަޝްފާ އާމިރާއެވެ.

މި ނަތީޖާއާއެކު އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕްގެ އެއްވަނަ ޔޫއެން ފްރެންޑްސް ނިކުންނާނީ ގްރޫޕްގެ ފުލަށް ދިޔަ ބެންޗް ސްޕޯޓްސް ކްލަބާއެވެ. ސެމީގެ ދެވަނަ މެޗުގައި ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް ބައްދަލުކުރަން ޖެހޭނީ ޓީއެސްއޭއާއި ދެކޮޅަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.