ޚަބަރު

ނިހާން ފުލުހުންގެ އިދާރާއަށް ޙާޒިރުކުރަނީ


ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ. ނިހާން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަޙައްދުގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅާ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ނިހާން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާރޭ އަށްގަޑި ތިރީހަށެވެ. ރޭ މުޒާހަރާގައި ނިހާން ފުލުހުންގެ ވެހިކަލެއްގެ ދަށަށް ގަބުރިއެއް ބާއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފައެވެ. އެކަމާއި ގުޅިގެން ނިހާން ވިދަޅުވީ، ފުލުހުންގެ ވެހިކަލެއްގެ ދަށުގައި ގާބުރިއެއް ބޭއްވީ ފުލުހުންނަށް ހުރަސްއެޅުމަށް ނޫންކަމަށާއި، ޢާންމުން ގިނަ ތަނެއްގައި ފުލުހުންގެ ވެހިކަލް ދުއްވައިފިނަމަ މީހަކަށް ގެއްލުމެއް ލިބިދާނެތީކަމަށެވެ.