ޚަބަރު

ނެޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް މާޗް ފަނަރައިގެ ކުރިން ފެށޭނެ - އަލީ ވަހީދު


މާޗް ފަނަރަވަނަ ދުވަހުގެ ކުރިން ނެޓްބޯޅަ އެސޯސިއޭޝަންގެ އާ މެނޭޖްމަންޓެއް އިންތިޚާބުކޮށް އެ އެސޯސިއޭޝަންގެ މަސައްކަތްތައް ފެށޭނެކަމަށް އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީއާއި ވަގުތީ ގޮތުން ހަވާލްވުމަށްފަހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގައި މިހާރުން މިހާރަށްވެސް އެސޯސިއޭޝަނަސް ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭކަމަށެވެ.
އަދި ނެޓްބޯޅައަށް ބަލާލާއިރު، ހިންގާނެ ބަޔަކު ނެތި ކުޅުންތެރިންވެސް ތިބީ މާޔޫސްވެފައިކަމަށާއި، މާޗް ފަނަރައިގެ ކުރިން އައު މެނޭޖްމަންޓެއް އިންތިޚާބުވެ އެސޯސިއެޝަންގެ މަސައްކަތްތައް ފެށޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް އެސޯސިއޭޝަންތައް ހިންގަމުންދަނީ ވަރަށް ދަތިހާލުގައިކަމަށާއި، ވަގުތުން ވަގުތަށް ގެނެވޭ ހައްލުތައް ގެނެސް، ކުޅިވަރުތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށެވެ.