ޚަބަރު

އެކަޑަމީތަކުގައި މަސައްކަތް ކުރާ 4 ކޯޗެއް ޗަޕާނަށް


ފުޓްބޯޅަ އެކަޑަމީތަކުގައި މަސައްކަތް ކުރާ ހަތަރު ކޯޗެއް ތަމްރީން ކޯހެއްގައި ޗަޕާނަށް ފުރައިފިއެވެ. ޖާޕާންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ކޯހުގައި ބައިވެރިވަނީ އަހުމަދު ނާޝިދު (ނާދު)، މުއާވިއަތު އިލްހާމް، އިބްރާހިމް ޝާފިޢު އަދި ފަރީދު މުހައްމަދުއެވެ. އެކަޑަމީތަކުގެ ކޯޗުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީވެސް އެކަޑަމީތަކަށް. މިހަތަރު ކޯޗުން އެފްއޭއެމުން ހޮވާފައިވަނި އެކަޑަމީތަކުން ހުށައެޅި ނަންތަކަށް ބަލާފައެވެ. ގްރާސް ރޫޓް ޓެރެއިނިންގް މިޕްރޮގްރާމަކީ ޖާޕާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. މި ކޯހުގައި ބައިވެރިވާ ކޯޗުންގެ ތެރެއިން އަހުމަދު ނާޝިދު މަސައްކަތް ކުރަނީ މޯލްޑިވްސް ސޮކަރ މޭޓް އެކަޑަމީގައި، މުއާވިޔަތު އިލްހާމް މަސައްކަތް ކުރަނީ ބީޖީ ސްޕޯޓްސްގައި، އިބްރާހީމް ޝާފިޢު މަސައްކަތް ކުރަނީ މާޒިޔާ އެކަޑަމީގައި އަދި ފަރީދު މަސައްކަތް ކުރަނީ ޓީސީ ސްޕޯޓްސް ކުލަބްގެ އެކަޑަމީގައިއެވެ. ފަރީދާއި ޝާފިޢުއަކީ އޭއެފްސީ ބީ ލައިސަން ދެ ކޯޗުން އަދި ނާޝިދު އާއި މުއާވިއަތު އިލްހާމަކި އެއެފްސީ އޭ ލައިސަންސް ދެ ކޯޗުންކަން ފާހަގަށްކޮށްލެވެއެވެ.