ޚަބަރު

މުޙައްމަދު ރަޝީދު ދަ ގްރާންޑޭއަށް ސޮއިކޮށްފި


ނިއުރޭޑިއަންޓު ދޫކޮށްލި މުޙައްމަދު ރަޝީދު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

މުޙައްމަދު ރަޝީދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ބަދަލުވިއިރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ދެމެދުވެފައިވާ އެއްބަސްވުން އުވާލީ ދާދިފަހުންނެވެ. މުޙައްމަދު ރަޝީދުގެ އެއްބަސްވުން އުވާލާފައިވާއިރު އޭނާގެ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ.

މުޙައްމަދު ރަޝީދުގެ އެއްބަސްވުން އެފްއޭއެމް ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުފާވާލާފައިވަނީ ކުޅުންތެރިއާއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ނިއުއިން މުސާރަ ނުދޭތީއެވެ. 2014ވަނަ އަހަރު ނިއުއަށް މުޙައްމަދު ރަޝީދު ބަދަލްވުމަށްފަހު، އޭނާވަނީ ނިއުއިން ހޯދި ގިނަ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކުލަބް ވެލެންސިޔާ މާޒިޔާގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު މުޙައްމަދަކީ މީގެ ކުރިން ގައުމީ ޓީމްގައިވެސް ފުރަތަމަ އެގާރައިން ޖާގަ ހޯދާ ކުޅުންތެރިއެކެވެ. ނަމަވެސް މިހާރުގެ ގައުމީ ކޯޗް ޕީޓަރ ސެގާޓްއައި ފަހުން އޭނާއަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބެއެވެ.