ޚަބަރު

މާލއެިން އައްޑުއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ހުއްޓިއްޖެ


އަށް މީހުންނާއި އެކު މާލެއިން އަށްޑޫ އަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ހުވަދޫ ކަނޑުގައި ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން، ކަނޑުމަށްޗަށް ހުއްޓިއްޖެއެވެ.

އެމް.އެން.ޑީ.އެފް އިން ވިދާޅުވީ "ރަންޑި" ނަމަކަށް ކިޔާ މި ދޯނި ހުވަދޫ ކަނޑު ތެރޭއިން ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން، ސިފައިންނަށް ރިޕޯރޓް ކޮށްފައިވާކަމަށެވެ އަދި ރިޕޯރޓް ކޮށްފައިވަނީ ރޭ ފަތިހު 03:55 ހާއިރު ކަމަށާއި މި ދޯންޏަކީ 80 ފޫޓް ގެ ބޮޑު ދޯންޏެއް ކަމަށްވެސް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއެވެ.

ދޯނީގެ އިންޖީނު ހުއްޓިގެން އެމް.އެން.ޑީ.އެފް އަށް ރިޕޯރޓް ލިބުމާއިއެކު އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ކޯސްޓްގާރޑް އިން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމް.އެން.ޑީ.އެފް.އިން ވިދާޅުވޭއެވެ.