އިންޓަމިލާނުގައި މައްސަލަ ޖެހިފައިވާ ފޯވަޑް މައުރޯ އިކާޑީ ވާދަވެރި ޔުވެންޓަސް އަށް ނުވިއްކާނެ ކަމަށް އިންޓައިން ބުނެފި އެވެ.
ކުލަބުގެ ރައީސް މިހެން ބުނީ އިކާޑީ އަތުން ކެޕްޓަންކަން އަތުލި މައްސަލާގައި އޭނާ ކުލަބު ބަދަލު ކުރަން އުޅޭކަމުގެ ވާހަކަތައް ގަދަވެފައިވަނިކޮށެވެ.
އިކާޑީ އަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވާ ކުޅުންތެރިއެކެވެ.
އޭނާ އާއި އިންޓައާ މައްސަލަޖެހުނީ ޖިނޯރާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދާން ދެކޮޅު ހެދުމުންނެވެ. މި މައްސަލާގައި ފަހުން އިކާޑީ ބޭނުންވަނީ އެކަމާމެދު ކުލަބުން މައާފަށް އެދި އޭނާއާއެކު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށެވެ.
ނަމަވެސް އިންޓަމިލާނުގެ ރައީސް ބުނީ ކުލަބަކީ އެންމެ މީހަކަށްވުރެ ބޮޑު ތަނެއް ކަމަށާއި ކުޅުންތެރިން ވިއްކުމުގެ ބަދަލުގައި އިންޓަމިލާނުގެ މާކެޓިން އަންނަ ސީޒަނުގައި ވަރުގަދަވާނެ ކަމަށެވެ.