ޤައުމިއްޔަތު ކުރިއެރުވުމަށް ހޯމް މިނިސްޓަރަށް ލަފާއެރުވުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މިކޮމިޓީއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާ ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ އަދި ވަޠަނީ ރޫޙް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެއް ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބާއްވާފައިވަކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ނުވަ ބޭފުޅުން ހިމެނޭ މި ކޮމިޓީގައި ހިމެނެނީ:
- އައްބާސް އިބްރާހީމް
- ޢަބުދުއްރަޝީދު ޙުސައިން
- ޔުމްނާ މައުމޫން
- އަނީސާ އަޙްމަދު
- އަލްއުސްތާޛު އަޙްމަދު ޝާކިރު
- އަޝްރަފް ޢަލީ
- އާދަމް ނަޞީރު އިބްރާހީމް
- އަންވަރު އިބްރާހީމް
- އަޙްމަދު ޢަލާ
ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.