ޚަބަރު

ޖޭޕީއާއި ދާއިރާތައް ދޫކޮށްލީ އެމްޑީޕީއަށް ގޮނޑި ނުދޭން - ޔާމީން


މަޖިލީހަށް ވާދަކުރަން ނިންމި ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލީ އެމްޑީޕީއަށް މެޖޯރިޓީ ލިބެން ބޭނުންނުވާތީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާވަށު ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓްގެ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ ކެމްޕެއިން ފައްޓާވާޑެއްވުމުގެ ގޮތުން ރޭ މާވަށުގައި ބޭއްވި ޖަލްސާއެއްގައި ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލީ އެ ދާއިރާތަކަށް ޕީޕީއެމްއާއި ޖޭޕީ އަދި ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން މީހަކު ވާދަކުރުމުން އެ ގޮނޑިތައް އެމްޕީޑީއަށް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާތީކަމަށެވެ. އަދި މަޖިލީހުގެ އަޤްލަބިއްޔަތު ހޯދަން ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން ބޭނުންވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކުރިން ޓީކެޓް ދިނުމަށްފަހު ބައެއް ދާއިރާތައް ދޫކޮށްލަން ނިންމުމުން އެދާއިރާތަކަށް ކުރިމަތިލާން ނިންމި ކެނޑިޑޭޓުންގެ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޕީޕީއެމުން ޓިކެޓް ދިން ބައެއް މީހުން އަތުން ޔާމީންވަނީ ޓިކެޓް އަނބުރާ ނާގާފަ. އަދި ކެމްޕެއިން ހުއްޓާލުމަށް އެ ފަރާތަކަށް އެންގުމުން ބައެއް މެމްބަރުންވަނީ ޕާޓީ ވަކިވެ އަމިއްލައަށް ވާދަކުރުމަށް ނިންމާފައެވެ

މަޖިލީހުގައި ހިމެނޭ ޖޭޕީއާއި ގުޅިގެން ކުރިޔަށް ދިޔުމަށް ނިންމާ މަޖލީހުގެ އަޣްލަބިއްޔަތު ބޭނުންވާކަމަށް ޔާމީން ވިދާޅުވެފައިމިވަނީ މަނީ ލޯންޑްރިން ތުހުމަތުގައި ދައުވާކޮށް އެ މައްސަލައިގެ ޝަރީއަތްތަށް ފެށުމަށް ތައްޔާރުވެފައިވަނިކޮށެވެ.