ޚަބަރު

ދެޤައުމުގެ ގާތް ގުޅުމަށް ބެލުމަށްފަހު އިންޑިއާ ސިފައިން ހިފެހެއްޓި މަސްދޯނި ދޫކޮށްލަނީ


އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގުޅުމަށް ބަލައި، އިންޑިޔާގެ ކޯސްޓްގާޑުން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި ދޫކޮށްލާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ އެ ބޯޓުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު މަސްދޯނި ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް މަސް ދޯނި ދޫކޮށްލާނެ ސީދާ ވަގުތު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިފަހަރުތައް އަވަށްޓެރި އެހެން ޤައުމުތަކުގެ އިޤްތިޞާދީ ސަރަޙައްދަށް ނުވަނުމަށް ކޯސްޓްގާޑުން ނަޞޭޙަތްތެރިވާ ކަމަށެވެ.

މި މަސްބޯޓު ހިފަހައްޓާފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަނުމުގެ ސަބަބުންނެވެ. ހިފެހެއްޓި ބޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނޭނގެއެވެ.