ވިޔަފާރި

ސީއައިއެމްގެ މާކެޓިން ކޯސް މާޗުމަހު ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ރާއްޖޭގައި ފަށަނީ


ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މާކެޓިން، ސީއައިއެމްގެ ކޯސްތަށް އަންނަ މާޗު މަހު ރާއްޖޭގައި ފެށުމަށް ނިންމައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ވަނީ މާކެޓިންގެ ދާއިރާއިން ތަމްރީނުދިނުމުގައި އެންމެ ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މާކެޓިން، ސީއައިއެމްގެ ކޯސްތައް ރާއްޖޭގައި ތިބިގެން ކިޔެވޭނެ މަގުފަހިކޮށްފައެވެ.

މިގޮތުން އަންނަ މާޗުމަހުގެ ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މާކެޓާޒް ފޯރަމްގެ ތެރެއިން ސީއައިއެމްގެ ކޯސް ރަސްމީކޮށް ރާއްޖޭގައި ފަށާނެކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން މައުލޫމާތުދެއެވެ. ސީއެމްއޭގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރ މުހައްމަދު ރޯޝަން ވިދާޅުވީ ފުރަތަމަ ކުރިއަށް ގެންދާނީ 5 މަހުގެ ޑިޕްލޮމާ ފެންވަރުގެ މާކެޓިން ދާއިރާގެ ކޯހެއްކަމަށެވެ.

"
މިއީ ސީއެމްއޭއިން ހިންގާ ހަމައެކަނި ދިގު މުއްދަތުގެ ކޯސް. ޗާޑަޓް އިންސްޓިޓިއުޓް އޮފް މާކެޓިންގެ ޓްރެއިނިންގެ ތަފާތަކީ މީގައި ކިޔަވައިދޭނީ އަމަލީ ބައިތައްކަމަށްވާތީ. މާރކެޓިންއަކީ ވަރަށް އަމަލީ މަސައްކަތެއް. ކަރުދާހުން ކިޔެވުމަށްވުރެ މީގައި އުކުޅުތައް ދަސްވާނީ އަމަލީ ގޮތުން މަސައްކަތްކުރީމަ. ދެއަހަރު ވެއްޖެ ރާއްޖެއަށް މިކޯސް ގެންނަން އަޅުގަނޑުމެން މަސައްކަތް ކުރާތާ
ސީއެމްއޭގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރ މުހައްމަދު ރޯޝަން

ރޯޝަން ވިދާޅުވީ މިކޯހަކީ ރާއްޖޭގެ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޯހަކަށް ހެދުމުގެ ހުއްދައަށް އެދިފައިވާއިރު، މިހާރުވެސް ސީއައިއެމްގެ ކޯސްތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކޯހެއްކަމަށެވެ.

ޗާޓާޑް އިންސްޓިޓިއުޓް އޮފް މާރކެޓިން، ސީއައިއެމްގެ ފަސް މަހުގެ މިކޯހުގެ ފުރަތަމަ ބެޗު މާރޗުމަހުގެ 2 ވަނަ ދުވަހު ފަށާއި މީގައި 23 ކުދިންނަށް ކިޔަވައިދޭނެއެވެ. ދެ އެސައިންމަންޓު އަދި އެއް ޓެސްޓުގެ މައްޗަ އެކުލެވޭ މިކޯހުގައި ބައިބެރިވުމުގެ ސުންގަނޑި ފެބްރުއަރީ މަހުގެ 26ގައި ހަމަވާއިރު، މީކޯހުގެ ފީއަކީ 30 ހާސް ރުފިޔާއެވެ. ކޯހުގެ ފީ އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭއިރު، ކީހުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ލެކްޗަރާއިން ކިޔަވައިދޭނެއެވެ.