ޚަބަރު

ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީގެ ދަށުން ހިންގާ ފަންޑުތަކުގެ އޮޑިޓް މަސައްކަތްކުރުމަށްޓަކާ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައަޅާ ފޯމުތައް ބަލައިގަތުން މެދުކަނޑާލާފައި އޮތުމަށްފަހު އިއްޔެއިން ފެށިގެން ފޯމުތައް ބަލައިގަންނަން ފަށާފައިވާކަމަށެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު އެކެއްޖެހުމާއި ހަމައަށް ފޯމުތައް ބަލައިގަންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށާއި މަތީ ތަޢުލީމު ޙާސިލުކުރުން ފަދަ މުހިއްމު ކަންކަމަށް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.